ތިނަދޫގެ ބަނދަރު ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކޮށް ނިމިއްޖެ
ތިނަދޫގެ ބަނދަރު ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކޮށް ނިމިއްޖެއެވެ. 8 ދުވަހުގެ މަސައްކަތުން މަރާމާތުކުރެވުނު މިސަރަހައްދުގައި 67 ފޫޓްގެ ސަރަހައްދެއްވަނީ މަރާމާތުކޮށްފައެވެ. އިރުވައިމޫސުމުގެ ހަޅަޖަހާ ދުވަސްވަރު ކޮންމެއަހަރަކުވެސް ހަލާކުވާ ތިނަދޫ ބަނދަރުގެ ބޭރުތޮށި ތިނަދޫ ބަނދަރުގެ ބޭރުތޮށި ކޮންމެ 2 އަހަރުން 1 އަހަރު ތިނަދޫ ކައުންސިލުންދަނީ ރައްޔިތުންގެ ފައިސާއިން މަރާމާތުކުރަމުންނެވެ.

ޖުމްލަ 185000 ރުފިޔާ ޚަަރަދުވި މިމަސައްކަތުގައި ތިނަދޫގެ ކަނބަލުންގެ ފަރާތުންނާއި ކައުންސިލް މެމްބަރ އަހުމަދު ނަސީމްއާއި ، ޕްލުމޭރިޔާ މޯލްޑިވްސް އަދި ތިނަދޫ ރައްޔިތުންގެ ތެރެއިން 2 ބޭފުޅެއްކަމަށްވާ މުޙައްމަދު ސައީދުއާއި ޝަމީމުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ކައުންސިލުންވަނީ އެބޭފުޅުންނަށް ޝުކުރުއަދާކޮށްފައެވެ.
