ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އެމް.ޑަބްލިޔު.އެސް.ސީ ގެ އެމް.ޑީ އާޒިމް އާއި ބައްދަލުކުރައްވައިފި
އިއްޔެ ކުރިޔަށްދިޔަ މިބައްދަލުވުމުގައި ތިނަދޫގައި ފެނާއި ނަރުދަމާ ނެތުމުން ދިމާވެފައިވާ ދަތިއުނދަގޫ އެތައް މައްސަލައެއް ކައުންސިލްގެ ފަރާތުން އެމް.ޑަބްލިޔު.އެސް.އީ އާއި ވަނީ ހިއްސާކޮށްފައެވެ. އަދި މިކަންކަން ހައްލުކުރުމަށް ދެފަރާތުންވަނީ ގިނަމަޝްވަރާތަކެށް ކޮށްފައެވެ. ތިނަދޫގެ ފެނާއި ނަރުދަމާ އެޅުމަށް މިސަރުކާރުން އެންގެވިހާ އަވަހަކަށް އެ ކުންފުނިން މަސައްކަތް ފައްޓަވައިދެއްވާނެކަމަށް އެމް.ޑީ އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކައުންސިލުން ޕްލޭނިންގް މިނިސްޓްރީއާއި ވާހަކަދައްކަވައިގެން ވީހާވެސްއަވަހަކަށް އެކަން ހަމަޖައްސަވައިދެއްވުމަށް އެމް.ޑީ އާޒިމް އެދިވަޑައިގެންނެވިއެވެ.
ތިނަދޫގައި ފެނާއި ނަރުދަމާ ނެތުމުން އެތަކެއް މައްސަލަތަކެށް ރައްޔިތުންނަށް ކުރިމަތިވަމުންދާއިރު ތިނަދޫ ކައުންސިލުންދަނީ އެކަމަށް ހައްލެއް ހޯދައިދެވޭތޯ މަސައްކަތް ކުރަމުންނެވެ.