ވ.ތިނަދޫގެ ކައުންސިލްގެ ނައިބު ރައީސް ހެލްތް މިނިސްޓަރާއި ބައްދަލުކުރައްވައިފި
ވާވު ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ހެލްތް މިނިސްޓަރާއި ބައްދަލުކުރަށްވައިފިއެވެ. 2 އޮކްޓޯބަރ 2019 ވަނަ ދުވަހު ހެލްތް މިނިސްޓްރީ ގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާޖޭގައި ހަމައެކަނި ޑަކްޓަރަކުނެތް ރަށް ކަމަށްވާ ވާވު ތިނަދޫ ގައި ޑަކްޓަރަކު ބެހެއްޓުމަށް ބޮޑެތި މަޝްވަރާތަކެއްކުރެވުނެވެ.
ތިނަދޫ ގެ ހެލްތް ސެންޓަރަށް މިހާތަނަށް ޑަކްޓަރަކު ހަމަޖެއްސިފައިނުވަނީ ސަރުކާރުން ޑަކްޓަރުން ރަށްރަށުގައި ތިބުމަށްދޭ އެލަވެންސް ކަމަށްވާ 3000 ރުފިޔާއަށް ތިނަދޫއިން ޑަކްޓަރުގެ އެކަމަޑޭޝަން ހަމަޖެހިފައި ނުވާތީއެވެ. މި މައްސަލައަށް ކުރިއައްއޮތް 8 މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހައްލެއްހޯއްދަވައި ދެއްވާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އެގޮތުން ތިނަދޫ ހެލްތް ސެންޓަރ ބިމުގައި ޑަކްޓަރަށާއި ނަރުހުންނަށް އެކަމަޑޭޝަންއެއް އެޅުމަށް ކުރިޔައްއޮތް އަހަރަށް ބަޖެޓްކޮށްދެއްވާ އެމައްސަލަ އިރާދަކުރެއްވިއްޔާ ހައްލުކޮށްދެވާނެކަށް މިނިސްޓަރ ވިދާޅުވިއެވެ.
ކައުންސިލެގެ ފަރާތުން ނައިބް ރައީސް ވިދާޅުވީ އެހާތަނާ ޖެހެންދެންވެސް މިހާރުން މިހާރަށްވެސް ތިނަދޫއަށް ޑަކްޓަރަކު މުހިއްމު ކަމުގައެވެ. އަދި އެއީ ތިނަދޫގެ ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެއްކަމުގައެވެ. މިހާރު ގެނެވެން އޮތް ހައްލަކާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ޑަކްޓަރަކު މިހާރުވެސް ތިނަދޫއަށް ފޮނުވައިދެވިދާނެކަމުގައެވެ. ނަމަވެސް ޑަކްޓަރުގެ އެކަމަޑޭޝަން ހަމަނުޖެހި އެކަންކުރައްވަން އުނދަގޫކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލުގެ ފަރާތުން ނައިބް ރައީސް ވިދާޅުވީ އެކަމަޑޭޝަން ހަމަޖެހެންދެން އެޒިންމާ ކައުންސިލުންނަގާގޮތައް މިހާރު ވެސް ތިނަދޫ ޑަކްޓަރެއް މުހިއްމުކަމުގައެވެ. އެގޮތުން އެކަމަޑޭޝަންއެއް ހަމަޖެހުނުހާ އަވަހަކަށް މިނިސްޓްރީއަށް އަންގަވައިދެއްވާނެކަމަށެވެ. އަދި ޑަކްޓަރ ތިނަދޫއަށްގެނެސް ޚިދުމަތް ދިނުމުގެ މަސައްކަތް ފަށަންބޭނުން ކަމުގައި ކައުންސިލްގެ ނައިބް ރައީސް ޝިފާޤު ޙުސައިން ވިދާޅުވިއެވެ.
ތިނަދޫ އަކީ ރާއްޖޭގައި ހަމަ އެކަނި ޑަކްޓަރަކުނެތް ރަށަށްވާއިރު ސިއްހީ ޚިދުމަތް ތިނަދޫއިން ދެވެން ފެށޭ ދުވަހު ތިނަދޫގައި އެކަމުގެ އުފާ ފާޅުކުރުމަށް ރަސްމިއްޔާތެއް ބޭއްވުމަށް މިނިސްޓަރ އަމީންވަނީ ނިންމަވާފައެވެ.
ތިނަދޫއަކީ އާބާދީގެ ގޮތުން ކުޑަރަށަކަށްވީނަމަވެސް ދައުލަތައް އެއްމެގިނައިން ޓެކްސް ދައްކާ 1 ރަށެވެ. މިހާތަނަށް ތިނަދޫ ގައި ޑަކްޓަރީ ހިދުމަތްދީފައިވަނީ ކައިރީގައިއޮތް ފެލިދޫ ހޮސްޕިޓަލުން ހަފްތާއަކު 1 ދުވަހު ޑަކްޓަރަކު ތިނަދޫއަށް ގެނެސްގެންނެވެ. ތިނަދޫ ގައި 250 ހެއްހާ މީހުން މިހާރު ވެސް ދިރިއުޅެމުން ދާއިރު ތިނަދޫ އިން ސިހްހީ ހިދުމަތްދެވެން ފެށުމަކީ ތިނަދޫ ގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.