ވ. ތިނަދޫ ކައުންސިލުން އެންވިރޮންމެންޓް މިނިސްޓަރ ހުސައިން ރަޝީދު އާއި ބައްދަލު ކުރައްވައިފި
ވ.ތިނަދޫ ކޮއުންސިލުން އެންވައިރޮމެންޓް މިނިސްޓަރ ޙުސައިން ރަޝީދު އާއި ބައްދަލު ކުރައްވައިފިއެވެ. 30 ސެޕްޓެމްބެރް 2019 ވަނަ ދުވަހު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ތިނަދޫ ކައުންސިލުން އެންވައިރޮމެންޓް މިނިސްޓްރީ އާއި ތިނަދޫ ގެ ހާލަތު ވަރަށް ރަނގަޅަށް ވަނީ ހިއްސާކޮއްފައެވެ.
މިގޮތުން ތިނަދޫ ގައި ހައްލު ނުކުރެވިފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވުނު މަޝްވަރާގައި މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވީ ތިނަދޫގައި ކުނިގޮނޑެއް އެޅުމަށް ތިނަދޫ ކައުންސިލާއި ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އަދި އެކަމަށް ހަރަދު ވާ ފައިސާ މިނިސްޓްރީ އިން ހަމަޖަސައްވައި ދެއްވާނެކަމަށް މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވިއެވެ.
އަދި ތިނަދޫގެ ލޭންޑްޔޫސް ޕްލޭން ގައި ވާ ގޮތުގެ މަތިން ބިމުގެ ސައިޒްއަށް ފެތޭ ކުނި ގޮނޑެއް ކުރަހާ އެމަސައްކަތް ވީހާވެސް އަވަހަށް ފެށުމަށްޓަކައި ތިނަދޫ ކޮއުންސިލާއި މިނިސްޓްރީ އިން އެކަމާބެހޭ ފަރާތައި ވާހަކަ ދައްކައިގެން ކުރިޔައް ދިޔުމަށްވިދާޅުވިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީއިން ރަށްރަށުގެ ކުނިގޮނޑުތައް މެނޭޖްކުރުމަށް ގެންގުޅުއްވާ ޕޮލިސީ މިނިސްޓްރީއިން ވަނީ ތިނަދޫ ގެ ކޮއުންސިލާޢި ހިއްސާކުރައްވާފައެވެ.
ކުނީގެ މަސައްލަ އަކީ ތިނަދޫ ގައި ބޮޑު މަސައްލައަކަށް ވެފައިވާއިރު މި މައްސަލައަށް އެދެވޭހައްލެއްވަނީ ނުލިބިފައެވެ. މިޔަދު ގެ ބައްދަލުވުމަށްފަހު އިރާދަކުރެއްވިއްޔާ މި މަސައްލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ ކަމަށް ތިނަދޫ ކޮއުންސިލުން އުއްމީދު ކުރެއެވެ.