ތިނަދޫގައި ފުރަތަމަ ގެސްޓްހައުސް ހުޅުވި ފަރާތަށް ހަނދާނީ ފިލާ އަރުވައިފި
ވ. ތިނަދޫ ގައި އެންމެފުރަތަމަ ގެސްޓް ހައުސްއެއް ބިނާ ކުރި ފަރާތަށް އެކަމުގެ އަގު ވަޒަންކޮށް ތިނަދޫ ކައުންސިލުން އެފަރާތަށް ހާއްސަ ހަންދާނީ ފިލައެއް އަރުވައިފިއެވެ.
ޓްއަރިޒަމް ޑޭގައި ވ. އަތޮޅުގައި ބޭއްވި ކެނޮއި ރޭސް ނިންމުމުގެ ރަސްމިއްޔާތު ފާހަގަކުރުމަށް ވ. ތިނަދޫގައިި ކުރިއަށް ގެންދިޔަ އިވެންޓްގައި މިި ހަންދާނީ ފިލާާ ހައްގުުވި ފަރާތްް ކަމުގައިވާ މުުޙައްމަދު ނާޒިން / ބަރާބަރުުގެ, ވ.ތިނަދޫ އާންމު ނަމުންނަމަ “މޯންޗީ” ރަށުގައި ނެތުމުން ބަދަލުގައި ހަނދާނީ ފިލަޔާއި ހަވާލުުވެވަޑައިގަތީީީ މުޙައްމަދު ނާޒިންގެ ބައްޕަ އަޙުމަދު ހަލީމްް އެވެ.

2007 ވަނަ އަހަރު ބިންގާ އެޅުނު ކާސާ ބަރާބަރު ބިންގާ އެ ޅުނު ކާސާ ބަރާބަރު ގެ ވެރިޔާ މޯންޗީ އަކީ ތިނަދޫގެ ތަރައްޤީ އަށް ކުރެވޭ އެކި ކަންކަމުގައާއި ރައްޔިތުންނަށް ދިމާވާ ދަތި ކަންކަމުގައި އުފަލާއިއެކު އެހީތެރިވެދޭ ފަރާތެކެވެ. އެގޮތުން ގެސްޓްހައުސް ހުޅުވި އިރު 24 ގަޑިއިރު ރަށަށް ކަރަންޓް ފޯރުކޮށްނުދެވޭތީ ގެސްޓްހައުސް އަށް އަންނަ ކޮންމެ ގެސްޓަކުއަތުން 2 ޑޮލަރު އޭރުގެ ރަށު އޮފީހަށް ރަށުގެ މާލިއްޔާއައް މޮންޗި އަމިއްލައަށް ފެނިގެން ވަނީ ދައްކާފައެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ދެވޭނެ މަގު ފަަހިވެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މޮންޗި އަކީ ކުރިންވެސް މިހާރުވެސްއެތައް ހިދުމަތްތަކެއް ތިނަދޫ އަށް ކޮށްދެމުން އަންނަ ތިނަދޫ އަށް އުފަން ތިނަދޫގެ ޒުވާނެކެވެ. ވޯލްޑް ޓްއަރިޒަމް ޑޭ އަށް ތިނަދޫ ތައްޔާރުވަމުން ދިޔައިރު މޯންޗީ ގެ ފަރާތުން ލިބުނު އެއްބާރުލުން މި ފުރުސަތު ގައި ފާހަގަކޮށްލެވެއެވެ.
މޮންޗިއަށް ކައުންސިލުންދެދެއްވި އަގުވަޒަން ކުރުމުގެ ހަނދާނީ ފިލަޔާ ބެހޭގޮތުން ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމުގައެވެ. ކުރިއަށް އޮތް ތަނުގައި ތިނަދޫ އަށް އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެ ކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދިނުމަށް ވިސްނާފައިވާކަމުގައެވެ.
ކަންމަކުގައި އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ މި ކައުންސިލައް ލިބޭ އުފަލެއް ކަމަށާއި އަދި އެއީ އެފަދަ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ތިނަދޫ ކައުންސިލުންދެކެ އެވެ.