ކައުންސިލްގެ ރައީސް ހިތުގެ ފުންމިނުން ތިނަދޫގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފި
ޓްއަރިޒަމް ޑޭ ވ. ތިނަދޫ ގައި ފާހަގަ ކުރުމަށް މުޅި ތިނަދޫ ތައްޔާރު ވަމުން ދިޔަ އިރު ރައްޔިތުން ނާއި ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ބޭފުޅުން ދެއްވެވި އެއްބާރު ލުމާއި އެހީތެރިކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސާމިރު އަހުމަދު ހިތުގެ އެއްމެ ފުންމިނުން ޝުކުރު އަދާ ކޮއްފިއެވެ.
ވ. ތިނަދޫ ކައުންސިލްގެ މީޑިއާއަށް ކައުންސިލްގެ ރައީސް ސާމިރު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ފެނިގެން މިދިޔައީ އަސްލު ތިނަދޫ ރައްޔިތުން ކަމުގަ އެވެ. ފެނިގެން މި ދިޔައީ ތިނަދޫ އަށް ވާނެ ކަމެވެ. ތިނަދޫ މީހުން ކުރާނެ ކަމެވެ.
ހާއްސަ ކޮށް ކަނބަލުން ދެއްވެވި އެއްބާރު ލުން ފާހަގަ ކުރަމުން ސާމިރު ވިދާޅުވީ ތިނަދޫ ކަނބަލުންނަކީ ފިސާރި ބައެއްކަން މިފަހަރު ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި ހުރިހާ މޮޅެއް ގެ ފަހަތުގައި ވެސް ވަނީ އެއްބައި ވަންތަ ކަމާއި އެކުވެރި ކަން ކަމުގައި ވެސް ސާމިރު ވިދާޅުވި އެވެ. ސާމިރު ތިނަދޫގެ ކައުންސިލް ކަމާއި ހަވާލު ވީ ފަހުން ވް. ތިނަދޫ ގެ ތަރައްގީ އަށް ބޮޑެތި ކުރި އެރުން ތައްކެއް އަންނަ ކަމުގެ ކުލަވަރު ވަނީ ފެންނަން ފަށާ ފައެވެ.