ވ.ތިނަދޫގައި އަލަށް ހެދި އައުޓްޑޯރ ޖިމް ހުޅުވައިފި
ވ،ތިނަދޫ ކައުންސިލުން ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއި އެ އެކު ތިނަދޫގައި އަލަށްހެދި އައުޓްޑޯރ ޖިމް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ އަލީ ސިޔާމް ހުޅުއްވަވައި ދެއްވައިފިއެވެ. ޖިމް ހުޅުވައިދެއްވީ ޓްއަރިޒަމް ދުވަސް ފާހަގަކުރުމަށް ތިނަދުއައް ކުރެއްވި ދަތުރުފުޅެއްގައެވެ.

ލޯކަލް ޓްއަރިޒަމް ކުރިއަރަމުން އަންނަ ރަށެއްގައި އައުޓްޑޯރ ޖިމްއެއް ހުރުމަކީ މުހިއްމު ކަމަކަށް ވާއިރު މިފަދަ ކަންކަމަށް އަމިއްލަ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ތިނަދޫ ކައުްންސިލްގެ ރައީސް ސާމިރު އަޙުމަދު ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތަށް ޝުކުރުދަންނަވާފައެވެ.