ވ. ތިނަދޫ ކައުންސިލްެގެ ވެބްސައިޓް އިފްތިތާހު ކޮށްފި
ވ.ތިނަދޫ ކައުންްްސިލްގެ ވެބްސައިޓް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހު ކޮއްދެއްވައިފިއެވެ.
މި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ޓްއަރިޒަމްޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކެނޮއި ރޭސް ނިންމުމަށް ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ވެބްސައިޓުން ތިނަދޫގެ މުޙިއްމު މަޢުލޫމާތުތަކާއި ކައުންސިލުން ނެރޭ ޢިއުލާނާއި ދެންނެވުންތައް ފެންނަން ހުންނާނެއެވެ.
ލޯކަލް ޓުއަރިޒަމް ކުރިއަރަމުން އަންނަ ތިނަދޫއަކީ މިހާރުވެސް ގިނަ ގެސްޓްހައުސްތަކެއް ހިންގަމުންއަންނަ ރަށަކަށް ވާއިރު، ތިނަދޫގައި ހިންގާ ހުރިހާ ގެެސްޓްހައުސްތަކެއްގެ މަޢުލޫމާތުވެސް މިސައިޓުން ލިބޭނެއެވެ.