ވ.ތިނަދޫގައި ސްޓެލްކޯއިން އަލަށް އިންޖީނުގެއެއް އަޅަނީ

ވ. ތިނަދޫގައި ސްޓެލްކޯއިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިން ބައްލަވާލެއްވުމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުގުނީ ވަޑައިގެންނެވުމުން ވ.ތިނަދޫގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކުރީގެ ސަރުކާރުން ވ.ތިނަދޫގެ އިންޖީނުގެ ބަދަލުކުރުމަށް ބިމުގެ ހުއްދަ ނުދިނުމުގެ ސަބަބުން މިހާރުވެސް ސްޓެލްކޯއިން އިންޖީނުގެ ހިންގަން ޖެހިފައިވަނީ ޤަވާއިދާއި ހިލާފަށް، މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. އަދި މިހާރު ސްޓެލްކޯއިން ހިންގަމުންދާ އިންޖީނުގެއިން ރަށުގެ ރައްޔިތުން ބޭނުންވާވަރަށް ކަރަންޓް ފޯރުކޮށް ނުދެވޭކަންވެސް ފާހަގަ ކުރަމެވެ. އެގޮތުން 2 ފަރާތަކުން އަމިއްލަ ޖަނަރޭޓަރ ބޭނުންކޮށްގެން އެފަރާތްތަކަށް ބޭނުންވާ ކަރަންޓް ހޯދަމުންދާތާ ދުވަސްތަކެއް ވެއްޖެއެެވެ. އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް ވަމުންދިޔަ އުނދަގުލައް ލުޔެއް ގެނެސް ދެއްވާ އާއިންޖީނުގޭގެ ބިން ހަމަޖައްސައިދެއްވެވީ މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ސާލިހްގެ ސަރުކާރުންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޤުނީ ވިދާޅުވީ މިއަހަރުތެރޭގައި ވ.ތިނަދޫގެ އާއިންޖީނުގޭގެ މަސައްކަތް ފައްޓަވައިދެއްވާނެކަމަށެވެ. އަދި މި ދަތުރުފުޅުގައި ސްޓެލްކޯއިން އާއިންޖީނުގޭގެ ކުރެހުން ތިނަދޫގެ ރައްޔިތުންނަށާއި ކައުންސިލަށްވަނީ ހިއްސާކޮށްފައެވެ. އާއިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށްވަމުންދިޔަ އެތައް އުނދަލަކަށް ލުޔެއްލިބިގެން ދާނެކަމަށް ތިނަދޫގެ ރައްޔިތުން ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *