ވ.ތިނަދޫގައި ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަ ކޮށްފި
21 ސްޕްޓެމްބަރ 2019 ވަނަ ދުވަހު މުޅިރާއްޖޭގައި ޕާރލޭ މޯލްޑިވްސްއާއި ގުޅިގެން ފާހަގަކުރި ކޯސްޓަލް ކްލީންއަޕް ޑޭ ވ.ތިނަދޫގައިވެސް ފާހަގަކޮށްފިއެވެ. ހެނދުނު 08:30 ގައި ފެށި މިހަރަކާތުގައި ތިނަދޫގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ބައިވެރިވިއެވެ. ހަވީރު 06:00 ގައި ނިންމާލެވުނު މި ހަރަކާތުގައި ތިނަދޫ ރަށުތެރެއިންނާއި ގޮނޑުދޮށުން 140.7 ކިލޯ ޕްލާސްޓިކާއި 18.2 ކިލޯ ދަގަނޑުގެބާވަތްްތަކާއި، 48.5ކިލޯ ބިއްލޫރިއާއި އަދި 224.9 ކިލޯ އެހެނިހެން ޒާތުގެ ކުނިވަނީ ނަގާސާފުކޮށްފައެވެ.
ވޭތުވެދިޔަ ދުވަސްތަކުގައިވެސް ތިނަދޫގެ ކައުންސިލާއި ރައްޔިތުން ގުޅިގެން ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަައްގެންގޮސްފައެވެ. ކުނީގެ މައްސަލައަކީ ވ.ތިނަދޫގައިވެސް ވަރަށްބޮޑު މައްސަލައެކެވެ. މި މައްސަލައައް ހައްލެއްހޯދުމަށް ވ.ތިނަދޫގެ ކައުންސިލްއިން ދަނީ ކަމާއިބެހޭ އެކިފަރާތްތަކާއި ވާހަކަދައްކަމުންނެވެ.